ދެވަނަ ބުރުގެ ރިޔާސީ ބަހުސް 23 ވަނަ ދުވަހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ގައުމީ ޔުނިވާސިޓީ އާއި އެމްބީސީ ގުޅިގެން ބާއްވާ ބަހުސް މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
އެމްބީސީން ނެރުނު ބަޔާނެއްގައި ބުނަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުސް ކުރިޔަށް ގެންދަން ވާންޖެހޭ ތައްޔާރީތައްވެ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސާ، ކެންޑިޑޭޓުންގެ މަންދޫބުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ފަހަރުގެ ބަހުސްގައި ކަނޑައެޅޭ ދާއިރާތަކަކުން ކެންޑިޑޭޓުންގެ ސިޔާސަތުތައް ބަޔާން ކުރަން ފުރުސަތު ދޭނެ ކަމަށާއި، ފުރަތަމަ ބުރުގެ ބަހުސްއާއި ހިލާފަށް މިފަހަރު އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތައް ފާޑުވިދާޅުވެ، ރައްދު ދެއްވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ ބަޔާން ބުނެ އެވެ.
ކެންޑިޑޭޓުންގެ ދެވަނަ ބުރުގެ ބަހުސަށް ތައްޔާރުވާއިރު އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ