ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގައި ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
މިއަދު ފުވައްމުލަކަށް ގާސިމް ވަޑައިގެންނެވިއުރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް ގާސިމަށާއި ޖޭޕީއަށް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ގާސިމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކުގެ އެ އަތޮޅުގެ އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުއްވާނެ ޖޭޕީން މިއަދު ބުންޏެވެ. މީގެ އިތުރުން ފުވައްމުލަކުގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނަށް ދިމާވެފައިހުރި ގޮންޖެހުންތައްވެސް ދަތުރުފުޅުގައި ގާސިމް ބައްލަވާނެ އެވެ.
މިއަދު ފުވައް މުލަކަށް ވަޑައިގަތުމަށްފަހު އެމަނިކުފާނުވަނީ އަތޮޅު ސިއްހީ މަރުކަޒަށާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ކުދިންނަށް ފަރުވާދޭ މަރުކަޒަށް ޒިޔާރަތް ކުރައްވާފަ އެވެ. ހޮސްޕިޓަލަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި ހޮސްޕިޓަލުންދޭ ހިދުމަތްތައް އޮޅުއްފިލުއްވާ އެތަނުން ފަރުވާ ހޯދަމުންދިޔަ ބަލި މީހުންނާ ވެސް ބައްދަލު ކުރެއްވި އެވެ.
ގާސިމްގެ ފުވައްމުލަކު ދަތުރުފުޅާ ދިމާކޮށް އެރަށުގައި ޖޭޕީން ބާއްވާ އެ ޕާޓީގެ އާންމު ޖަލްސާއެއްގައި ވެސް ގާސިމް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ޖަލްސާ ބާއްވަނީ މާދަމާ ރޭގަ އެވެ.
ގާސިމް ފުވައްމުލަކަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ