މެސީއާ އެއްވެސް މައްސަލައެއް ނެތް: ކޫމަން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ މައްސަލަ ޖެހުނީ ކްލަބާ ކަމަށާއި އޭނާ އާއި މެސީއާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށް ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
އޭނާ ބުނީ ދިމާވި މައްސަލަތަކާއި ގުޅޭގޮތުން މެސީއާ މަޝްވަރާކޮށްފައިވާ ކަމަށާއި ހިޔާލު ތަފާތުވުން އޮތީ ބާސެލޯނާގެ ވެރިންނާއި މެސީއާ ދެމެދުކަމަށެވެ. ކޫމަން ބުނީ މައްސަލަތައް އެއްފަރާތް ކުރުމަށްފަހު މިހާރު މުޅި ކުލަބް އެކީ މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނަށް ކަމަށާއި ކުލަބުގައި މިހާރު އޮތް ސްކޮޑާއެކު ކާމިޔާބު ސީޒަނަކަށް އުއްމީދުކުރާ ކަމަށެވެ.
ބާސެލޯނާގެ ކޯޗު ބުނީ ޓްރާންސްފާ މާކެޓުގައި އިތުރު ކުޅުންތެރިޔަކު ކުލަބާ ނުގުޅިދާނެކަމަށެވެ. ކޯވިޑް-19 ގެ ސަބަބުން މާލީ ގޮތުން ބޮޑެތި ހަރަދުތައްކުރަން އުނދޫގުވެފައިވާކަން ކުލަބުގެ ވެރިން އޭނާ ގާތުގައި ބުނިކަމަށް ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށްލުމަށް ފަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ކޫމަން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ