ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، މުހައްމާ އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.
މުހައްމާ އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ މިރެއެވެ. ސޮއި ކުރުމަށް ފަހު މެމްބަޝިޕް ފޯމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ރައީސް މުހައްމަދު ނަޝީދާި ހަވާލު ކުރައްވާފައެވެ.
މުހައްމާ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުންވަނީ ޕީޕީއެމާއި ގުޅިވަޑައިގަންނަވާފައެވެ.
މިހާރު އުވާލާފައިވާ އެންޓިޑިފެކްޝަން ގާނޫނުގެ ދަށުން މެމްބަރުކަން ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި މުހައްމާ ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް ސްޕްރީމް ކޯޓުން ފަހުންވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާފައެވެ.
މެމްބަރު މުހައްމާ އެމްޑީޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ