ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ ރަސްމީ ވެބްސައިޓް އިފްިތާޙުކޮށްފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާގެ ރަސްމީ ވެބްސައިޓް އިފްިތާޙުކޮށްފިއެވެ.
މި ވެބްސައިޓް އިފްތިތާހްކޮށްފައި ވަނީ ހުކުުރު ދުވަހުގެ ރޭ ޕެރަޑައިސް އައިލެންްޑް ރިސޯޓުގައި، ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީގެ އިދާރީ މުއައްޒަފުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެކަމަނާ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގައެވެ.
ވެބްސައިޓް އިފްތިތާހުކޮށް ދެއްވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާއިޝަތު ނަހުލާ ވަނީ ޕާޓީގެ އެކި ބޭފުޅުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާފައިއެވެ.
އަދި، ކުރިއަށް އޮތް ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވެބްސައިޓަކީ އާއިޝަތު ނަހުލާގެ ހުރިހާ މައުލޫމާތު، މީޑިޔާ ކަވަރޭޖް އަދި ފޮޓޯ، ދެބަހުން ފެނިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެވެ.
ޓީމް އައިޝާ އިން ފަރުމާކޮށް، ހިންގާ ވެބްސައިޓްގެ އެޑްރެހަކީ www.aishathnahula.com އެވެ.
ރޭގެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް، ޕާޓީގެ ރައީސް އަލީ ވަހީދު، ޕާޓީގެ ކައުންސިލް މެންބަރުން، ޕާޓީގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި ޕާޓީގެ އިދާރީ މުއައްޒަފުންނާއި އާއިލާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ