ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމި 4 މެމްބަރުންގެ ނަން މަޖިލީހުގެ ދަފްތަރުގައި ހިމަނައިފި

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އެ ހަތަރު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އަލުން ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އަލުން ހިމަނާފައިވާ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. 
އެ މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމަނާވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނމުގަންނަވާ މެމްބަރުންގެ ގޮތުގަ އެވެ. އެ ހަތަރު މެމްބަރުންނާއެކު މަޖިލީހުގައި މިވަގުތު މިނިވަން 6 މެމްބަރުން ތިއްބަވަ އެވެ. އެއީ ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ނިންމި ހަތަރު މެމްބަރުންގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިއްބަވާ ސޮއި ކުރެއްވުމާއި ގުޅިގެން ޕީޕީއެމުން ވަނީ އެ 12 މެމްބަރުން ޕީޕީއެމުން ވަކިކޮށް، އަދި ސަރުކާރުގެ ނުފޫޒު ބޭނުންކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެމެމްބަރުން ތަމްސީލު ކުރަމުންދިޔަ ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ހުރަސްއަޅަމުންދިޔައިރު، ގޮނޑި ގެއްލިފައިވާކަން ކަނޑައެޅުމުގެ ބާރު ލިބިގެން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާ އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެންދިޔައިރު، އެންމެފަހުން މިދިއަ ހޯމަ ދުވަހު މިވަނީ އޭގެ ތެރެއިން ހަތަރު މެމްބަރުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފަ އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ އެ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ ގޮނޑީގެ މައްސަލަތަކެވެ. އެއް ގޮތަކަށް ކަންކަން ހިނގާފައިވާ މައްސަލަތަކެއް ނަމަވެސް އެ މައްސަލަތައް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަވަނީ ވަކިވަކިން ނެވެ. އަދި މެމްބަރުން އެ މައްސަލަތައް ހުށަހަޅާފައިވަނީ ވެސް ވަކިވަކިން ނެވެ. 
ސުޕްރީމް ކޯޓުން މިހާތަނަށް ވަކިގޮތެއް ކަނޑައަޅާފައިނުވާ 8 މެމްބަރުންނަކީ:
މީގެއިތުރުން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ނަން ވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވަނީ އުނިކޮށްފަ އެވެ. ނިމިދިއަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ފަޒާދު ހަރަކާތްތެރި ވެވަޑައިގަންނަވާފައިވާތީ ޕީޕީއެމުން ވަނީ އެޕާޓީން ފަޒާދު ވަކިކުރައްވާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްގެ ދަފްތަރުން ފަޒާދުގެ ނަން އުނިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް ސުޕްރީމް ކޯޓުން ފަޒާދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު ބުނާގޮތުން ފަޒާދުގެ ގޮނޑި ގެއްލިފައިވާ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ