ދުވާފަރުގައި މިހާރު ކުރިއަށްދާ “ދުވާފަރު ޓީން ކަޕް 2018” ގައި މިއަދު ހަވީރު ޓީއާރު ބީޗް އަދި ސީބީއެސް ބީ ޓީމު ބައްދަލުކުރި މެޗު 3 – 2 ލަނޑުން ބީޗް ޓީމުން ކާމިޔާބު ކޮށްފިއެވެ.
ޓީ އާރު ބީޗް ގެ ލަނޑު ތައް ކާމިޔާބު ކޮށްފައިވަނީ އަލީ ނަޒްމީ، މައިޝަމް އަދި މިއުވާން ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. ސީބީއެސް ބީ ގެ ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ އަބްދުﷲ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީ އާރު ބީޗް ޓީމުގެ އިފްހާމް އެވެ.
މިމުބާރާތަކީ ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިކްސް އަ ސައިޑް މުބާރާތެކެވެ.
ދުވާފަރު ސްކޫލްތަކާއި ޕޮލިސް ސްޓޭޝަން އާއި ދުވާފަރު ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަދި މެޖިސްޓްރޭޓް މުހައްމަދު ސޯދިޤް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް މިމަހުގެ 29 އަށް ކުރިއަށްދާނެއެވެ.
މިމުބާރާތުގައި މާދަމާ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ސީބީއެސް އޭ އާއީ އެކްވެރިން ޓީމެވެ.
00 ޓެގްރ.ދުވާފަރު
“ދުވާފަރު ޓީން ކަޕް 2018” މިއަދުގެ މެޗު ކާމިޔާބުކުރީ ޓީއާރު ބީޗް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ