އޭސީސީގެ މެމްބަރު ކަމަށް ފަސް ބޭފުޅަކަށް ކޮމެޓީން ރުހުންދީފި

ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފި އެވެ.
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ހުޅުވާލި އެވެ.
އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ވަނީ ފަސް ބޭފުޅުންނަށްވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ރައީސް ފޮނުއްވި ނަންތައް
އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށިއަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލިޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރުޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު
ކޮމެޓީގެ ނިންމުމަށް ފަހު ދެން އޮތީ ތަޅުމުން މި މައްސަލާގައި ގޮތް ނިންމުމެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.
އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ