ހުޅުމާލޭގައި އަލަށް ހަދާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި އަލަށް ހަދާ ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
ހުޅުމާލެ ޕޮލިހުން ބުނީ މަރުވެފައިވަނީ ހުޅުމާލޭ ޗައިނާ ޓައުންގައި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލްގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަދި އޭނަގެ ހަށިގަނޑު އޮތީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ހުޅުމާލެ ހޮސްފިޓަލާ ހަވާލާދީ ހުޅުމާލޭ ޕޮލިހުން ބުނީ އެމީހާ މަރުވީ މިއަދު ހެނދުނު ވަގުތެއްގައި ހޮޑުލައި ނޭވާލާން އުދަގޫވެގެން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 11:30 އެހާއިރު ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހުޅުމާލެ ޕޮލިހުން މައުލޫމާތުދެ އެވެ.
ހުޅުމާލޭ ޕޮލިހުން ބުނީ މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މާލޭގައި ހުންނަ މޯޗަރީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ