ކަޝްމީރުގައި އޮތް މުޒާހާރާއެއްގައި ކުޑަކުއްޖެއް މަރުވެއްޖެ

ކަޝްމިރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ. މީޑިއާއިން ހަބަރު ލިބޭގޮތުގައި އިންޑިއާއާއި ދެކޮޅަށް ކުރިއަށްދިޔަ މިމުޒާހަރާގައި އެއްވެފައިތިބި މީހުން ދިޔައީ ސިފައިންނާއި ދިމާއަށް ގާ އުކަމުން ކަމަށާއި އޭގެ ރައްދެއްގެ ގޮތުގައި ޕޮލިހުން ވަނީ ކަރުނަ ގޭސް ޖަހާފައެވެ. އެކުއްޖާ މަރުވީ ކަރުނަ ގޭސް ތޮށިގަނޑު އެބާރު ސްޕީޑްގައި އެކުއްޖާގެ ބޮލުގައި ޖެހި ޒަހަމްވުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަމަށް ހަބަރުތައް ބުނެއެވެ. ކަރުނަ ގޭސް ޖެހި ފުލުހުންގެ މީހާ ‘ބަލަންވާ ވަރަށް ނުބަލާ ކަރުނަ ގޭސް’ ޖެހުމުގެ ސަބަބުން މިހާރުވަނީ ސަސްޕެނޑްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ