ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު 4:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ބައްދަލުވުމަކީ ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކޮވިޑް-19 އާ ގުޅިގެން ގައުމީ ފެންވަރުގައި ހަދާފައިވާ އުސޫލުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ