ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯދާ: ޔުމްނާ

ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯދުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު މިނިސްޓަރ ޔުމްނާ އެދިވަޑައިގެންފި އެވެ.ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ޔުމްނާ ވިދާޅުވީ މި ދުވަސް މި އަހަރު އަޅުގަނޑުމެންނާއި މި ބައްދަލުކުރީ ބަރަކާތްތެރި ރަމަޟާންމަހުގައި ކަމަށާއި ރަމްޟާން މަހަކީ މާތްﷲ ކީރިތި ރަސޫލާ ﷺ މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް ބާއްވައިލެއްވި ކީރިތި ޤުރުއާނުގެ މައްސަރު ކަމަށެވެ.މި މައްސަރުގައި އެފޮތް ގިނަގިނައިން ކިޔަވައި އެ ފޮތުގައިވާ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށާއި ކޮވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވޭ ކަމަށް ވެސް ޔުމްނާ ގެ މެސެޖުގައި ވެއެވެ."މި އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން އަޅުގަނޑުމެންނަށް ފޮތް ކިޔުމަށް ވަގުތު ލިބިގެންދޭ. ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯއްދަވާ." މިނިސްޓަރ ޔުމްނާގެ މެސަެޖުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ