ރޭ އެމްޑީޕީއަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސޮއިކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަރިހު ދަންނަވާފައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން އެމަނިކުފާނު ގާތު އެވާހަކަ ބުނުއްވި ކަމަށެވެ. Hon Musthafa MP @Thimarafushi MDP ah soi kurevvumuge kurin alhugan’du gaathuga vidhaalhuvi. Varah bodah shukriyya. Good luck!— Maumoon Abdul Gayoom (@maumoonagayoom) November 26, 2018
މުސްތަފާ އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މުސްތަފާއަކީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޓިކެޓްގައި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީ ދޫކޮށް އޭރުގެ ވެރިކަންކުރި ޕީޕީއެމްއަށް އެންމެ ފުރަތަމަ ބަދަލުވެވަޑައިގެންނެވި އެމްޑީޕީގެ މެމްބަރަކީވެސް މުސްތަފާއެވެ.
އެމްޑީޕީއާއި މުސްތަފާ ގުޅިވަޑައިގެންނެވި އިރު ހުންނެވީ ޕީޕީއެމުން ވަކިކޮށް މިނިވަން މެމްބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅައި، ފަހުން ސްޕްރީމް ކޯޓުން އެ ގޮނޑިތައް ނުގެއްލޭ ކަމަށް ކަނޑައެޅި މެމްބަރުޔންގެ ތެރެއިން އިވަހަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
މި 12 މެމްބަރުން ފުރަތަމަ ދައުވާކޮސްފައި ވަނީ ހަތަރު ލީޑަރުން އެ ބޭފުޅުންނަށް އެއްވެސް ޝަރުތަކާއި ނުލައި ކޯލިޝަނުގެ ޓިކެޓް ދެއްވުމަށް ނިންމެވިު ކަމަށެވެ. އެހެންނަމަވެސް އާއްމުންގެ ތެރެއިން އެކަމަށް ގިނަ ބަޔަކު ފާޑު ކިއުމުން ޕްރައިމަރީއަކަށް ދާން ބިރު ނުގަންނަ ކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
މުސްތަފާ އެމްޑީޕީއަށް ވަޑައިގެންނެވީ އަޅުގަނޑަށް އަންގާފައި: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ