2012 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބެހެއްޓި މައްސަލައިގައި، އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް، ކުރި ޓެރަރިޒަމްގެ ހުކުމަކީ ބާތިލްހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ މި މައްސަލަ ތޮލްހަތުގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުންނެވެ.
ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް މީގެ ކުރިން ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ދަށުކޯޓުތަކުން ކުރި ހުކުމްތަކުގައި ގިނަ ޝަރުއީ މައްސަލަތަކެއް ހުރިކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ތޮލްހަތު ކުށްވެރިނުވާކަމަށް ހުކުމްކޮށްފައިވާއިރު، މި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ކުށްސާބިތުނުވާކަމަށްވަނީ ކަނޑައަޅާފައެވެ.
ތޮލްހަތުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ