އެމްޑީޕީ އަކީ ގުނަވަންތައް ފުރިހަމަ އަދި އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ޕާޓީއެއް: އަހުމަދު އަބްދުﷲ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ގުނަވަންތައް ފުރިހަމަ އަދި އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ޕާޓީއެއް ކަމަށް އެމްޑިޕީގެ ޑެޕިއުޓީ ޗެއާޕާސަން އަޙުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޙުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީ އަކީ ތަބަކަށް ލާފައި ޓިކެޓް ހަވާލު ކުރާ ޕާޓީއެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެޕާޓީގެ ޓިކެޓް ލިބޭނީ ހުޅުވާލެވިފައިވާ ވާދަވެރި އިންތިޚާބެއްގައި ވާދަ ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީއަކީ އެންމެންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ހަމައެކަނި ސިޔާސީ ޕާޓީ އަކަށް ވުމުގެ އިތުރުން ހުރިހާ މެންބަރުންވެސް ޕާޓީގައި އުޅެމުންދަނީ އުޅޭ ހިތުން ވަރަށް ޝައުގު ވެރިކަމާއި އެކު ކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. 
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފާޑު ވިދާޅުވެ އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ގެއަށް ވަން ފައިސާގެ ވާހަކަ އެއީ ނުދައްކާ ވާހަކަ ތަކެއް ކަމަށާއި، އެކިއެކި މުއައްސަސާތަކުން ހިންގާފައިވާ ކަންކަމަކީ އެތަންތަނުގެ ވެރިން ޒިންމާވާން ޖެހޭނެ ކަންކަން ކަމަށް ވިދާޅ
އެގޮތުން އެކަންކަމަކީ އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީ އޮތީ އެހެންނޫން ކަމަށާއި، ދައުލަތުގެ މުއައްސަސާތައް ހިންގަނީ ރަނގަޅައްތޯ ބެލުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ކަނޑަ އަޅާފައިވާ މައްސޫލިއްޔަތެއް ކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.   
"އަޅުގަނޑުމެން އޭރުވެސް ދަންނަވަމުން ގެންދިޔައިން އެހެނެއް ނުވާނެޔޭ ރައްޔިތުން ވޯޓްލާނޭ. ވޯޓްގެ ނަތީޖާވެސް އިއުލާން ކުރާނޭ. އަދި އެވެރިކަންވެސް ނިމޭނޭ. އަދި އެ ރައްޔިތުން ވޯޓްލާފައިވާ ގޮތާއި ކިލާފަށް މިރާއްޖޭގައި ކަންކަން ނުހިނގާނޭ. ހަމަ އެގޮތައް ކަންކަން ހިނގަމުން މިދަނީ" އަހުމަދު ވިދާޅުވިއެވެ.
ވެރިކަމުގެ ދުވަސްވަރު ހިތައް އެރިހާ ގޮތަކަށް ކަންކަން ކުރަމުން ދިޔައިރު މާދަމާއަކީ އަންނާނެ ދުވަހެއްކަން ހިތައް ނާރާ ކަމަށާއި، ނަމަވެސް މިއަދު މިއޮތީ އެ މާދަމާ އައިސްފަ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. އެގޮތުން މީގެއިން އެއްވެސް ކަމަކީ ތިމަން މަނިކްފާނަށް ނޭގޭ ކިޔާފައި ބޯ ދަމައި ގަނެވޭނެ ކަންތައްތަކެއް ނޫންކަމަށާއި، އެކަންކަމުގެ ޒިއްމާ އެމަނިކްފާނުން އުފުއްލަވަން ޖެހިވަޑައިގަންނަވަން ޖެހޭނެކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ