އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިލްތިމާސް މައްސަލަ އަލުން ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝައިޙް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގެން ބޭރުކޮށްފައިވާ މައްސަލަ އަލުން މުރާޖާ ކުރުމަށް
ހުށަހަޅާފައިވާ ކަމަށެވެ.
އަލީ ޒާހިރު އިތުރަށް ވިދާޅުވީ، ޖޮއިންޓް ޕާޓީ ތަކުގެ ލީޑަރުން މިނިވަންވުމަކީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ޝައިހް އިމްރާން އަބުދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގަައި މާލޭގައި ބޭއްވި މުޒާހަރާގައި، ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަަމަށްބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމަ އެވެ.
ޝައީހް އިމްރާންގެ މައްސަލަ އަލުން ބަލައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ