ކަރަންޓް ޝޯޓަކުން މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

ކަރަންޓް ޝޯޓަކުން މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ މ. ހާޑްރޮކް ގޭގެ ދެ ވަނަ ފަންގިފިލާގައެވެ. 
އެމްއެންޑީއެފުން ބުނީ އެ ގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓަކުން ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ 12 ޖެހިފަހުން ހިނގި އެ ހާދިސާއާ ގުޅިގެން، އެމްއެންޑީއެފުން ވަނީ ގިނައިރުތަކެއް ނުވެ، އަލިފާން ކޮންޓްރޯލްކޮށްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ނުވެއެވެ. ނަމަވެސް އިމާރާތަށް ގެއްލުންތަކެއްވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ