އިންޑިއާ މީހަކަށް 150000 އެމެރިކާ ޑޮލަރު ދެއްކުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ނަޝީދުގެ މައްވަށް ކޮށްފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ޑރ އަލަކާ ސިންގް ނަމަކަށް ކިޔާ މީހަކު އިންވެސްޓްކޮށްފައިވާ "ބަރުތީލަ" ނަމަކަށް ކިޔާ އުޅަނދެއް އަލަކާ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި މެމްބަރު ނަޝީދު ވިއްކާލުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައެވެ.
އަލަކާ ކުރި ދައުވާގައި ބުނެފައިވަނޯ 400000 ޑޮލަރަށް އުޅަނދު ވިއްކާލި ނަމަވެސް މަދުވާ ފައިވާ ނަޝީދު އަމިއްލަފުޅަށް ދެނެކަމަށް ވިދާޅުވެ އުޅަނު ވިއްކާލާފައިވަނީ 250،000 ޑޮލަރަށް ކަމުގައެވެ.
ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ދެއްވާނެކަން ނަޝީދު ފޮނުވާފައިވާ އީމެއިލްތަކުން އެނގޭކަމަށާއި އެހެންކަމުން އަލަކާއަށް 15 ދުވަހުގެ ތެރޭގައި 150000 އެމެރިކާ ޑޮލަރު ދެއްކުމަށް ހުކުމް ކުރާ ކަމުގައެވެ.
އިންޑިއާ މީހަކަށް ދޮޅު ލައްކަ ޑޮލަރު ދެއްކުމަށް މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ