ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުން އެމަނިކުފާނު ސަލާމަތް ވެއްޖެ އެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުން، އެމަނިކުފާނު ސަލާމަތްވީ އެމައްސަލާގައި ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ހައި ކޯޓުން އެއްބަސްވުމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، ޖަލަށް ލީ، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ޖަލު ހުކުމުން ކުރީގެ ރައީސް މައުމޫން ސަލާމަތް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ