ވީއައިއޭއަށް ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނީ މިރޭ 7:45 އެހާކަންހާއިރު ކަރަންޓުގެ މައްސަލަ ހައްލުކޮށް، އެއަރޕޯޓުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ.
އެއަރޕޯޓުގެ ޓަރމިނަލް ސަރަޙައްދުގެ މެއިން ޕަވަރ ސަޕްލައިއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސަރަޙައްދުން މިއަދު ހަވީރުން ފެށިގެން ގާތްގަނޑަކަށް ތިން ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. މިއާއެކު ޓަރމިނަލް އޭރިއާގެ ގިނަ އޮޕަރޭޝަންސްތަކަށް ހުއްޓުމެއް އައެވެ. އަދި މިކަމާ ގުޅިގެން ބައެއް ފްލައިޓްތައްވެސް ޑިލޭވިކަމުގެ މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ