ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރް އައްޔަން ކުރަން ރައްުޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފަަގުންނެވެ.
މަހާޒު އާއިއެކު ތަޅުމަށް ކުރީގެ ބަންޑާރަ ނައިބް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ގަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ތްރީ ލައިން ވިޕެއް ނެރުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. ދިޔާނާ އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައެވެ.
މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ އެންމެ ބޮޑަށް ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަހާޒް އައްޔަން ކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ