ގާޒީ އަލީ ރަޝީދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވުން ފަނޑިޔާރުންގެ ޤާނޫނާއި ހިލާފު!

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު، ރާއްޖެޓީވީއަށް އިންޓަވިއު ދެއްވާ ފަނޑިޔާރުންގެ ޤާނޫނާއި ހިލާފުވެވަޑައިގެންފިއެވެ. މިއަދުގެ ވަގުތެއްގައި ރާއްޖެޓީވީ އިން ގެނެސްދިން ހަބަރެއްގައި ވާގޮތުން ފަނޑިޔާރު އަލީ ރަޝީދު ވަނީ ސަރުކާރުން ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ދެއްކެވި ވާހަކަ ދޮގު ކުރައްވާފައެވެ. އަދި ރާއްޖެޓީވީގެ ހަބަރުގައި ވާގޮތުން ރާއްޖެޓީވީއަށް އެ މައުލޫމާތު ދެއްވީ ސީދާ ފަނޑިޔާރު އަލީ ރަޝީދެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ބެހޭ މާއްދާގެ ހ. ގެ 11 ގައިވާގޮތުން މިފަދަ ގޮތަކަށް ފަނޑިޔާރަކު ސީދާ މީޑިއާގައި ވާހަކަދެއްކުމަކީ މަނާކަމެމެކެވެ. މިގޮތުން އެ މާއްދާގައި ވަނީ " ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާއި ގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާއި ގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަަކަށް ރައްދު ދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ނުދިނުން. އަދި، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާއި ބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވުން" މިފަދައިންނެވެ. "ދިޔަރެސް" އާއި ވާހަކަ ދެއްކެވި ޤާނޫނީ ވަކީލަކު ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ގާޒީ ހައިލަމްގެ ބަޔާނަށް ރައްދު ދެއްވައި އަދި މީޑިއާގައި އެ މައްސަލައާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފަށްކަމަށެވެ. ސީދާ މީޑިއާއަށް އިންޓަވިއު ދިނުމަކީ މިއީ މީގެ ކުރިން ފަނޑިޔާރުން އަމަލުކުރަމުން އަންނަ އުސޫލެއް ނޫނެވެ. ފަނޑިޔާރުން މީޑިއާއަށް ހާމަކުރައްވަން ޖެހޭ މައުލޫމާތުތައް ހާމަކުރައްވަނީ ރަސްމީކޮށް ނެރޭ ބަޔާންތަކުންނެވެ. ނޫނީ ކޯޓުތަކުގެ މީޑިއާ އޮފިސަރުން މެދުވެރިކޮށެވެ. 
މިލިޔުން ކިޔާލުމުން
17 %
އުފާވި
50 %
ދެރަވި
33 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަހުމަދުސިޔާަދު
ރާއްޖެ ޓީ ވީ ދޯއޯކޭ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ