ޚާރޖީވަޒީރު އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރޖީވަޒީރު ޑރ.ޖައިޝަންކާރާއި ބައްދަލުކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ އިންޑިއާ-މޯލްޑިވްސް ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމަކަށެވެ. މި ބައްދަލުވުން އޮތީ މިއަދުގެ ވަގުތެއްގައެވެ.ޝާހިދު އާއި އެކު ހުންނެވި ފޮޓޯ އެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ޑރ.ޖައިޝަންކަރު ވަނީ އިންޑިއާ އަދި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަން ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޚާރޖީވަޒީރުގެ މިދަތުރުފުޅުގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ތަފްސީލު އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަބްދުﷲ ޝާހިދު އިންޑިއާގެ ޚާރޖީވަޒީރު ޑރ.ޖައިޝާންކަރާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ