އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ 8 ވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މިއަދު ފަށައިފި އެެވެ.
13 ސްކޫލަކުން 100 އަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތް ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލުގަ އެވެ.
އަންހެން އަދި ފިރިހެން 2 ބަޔަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި 4 އުމުރުފުރާއެއް ހިމެނެ އެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށާއި 16 އަހަރުން މަތީގެ އުމުރުފުރާ އެވެ.
މިމުބާރާތުގައި މިފަހަރު ވާދަކުރަނީ އަމީނިއްޔާ ސްކޫލު، އިސްކަންދަރު ސްކޫލު، ދަރުމަވަންތަ ސުކޫލު، ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލު، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު، ޖަމާލުއްދީން ސްކޫލު، ކަލާފާން ސްކޫލު، ތާޖުއްދީން ސުކޫލު، ހިރިޔާ ސުކޫލު، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލު، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު އަދި ރެހެންދި ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ