ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ވަގުތު ދެއްވުމުގެ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިސްރަށް ކުރައްވަން އޮތް ދަތުރުފުޅުތައް ވަނީ ކެންސަލް ކުރައްވާފައެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓެރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވި ގޮތުގައި ރައީސް މައުމޫން މާލޭގައި މަޑުކުރެއްވުމަށް ނިންމަވާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ބޭރުން އަދި ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ޕީޕީއެމްގެ ތެރެއަަށް އިންގިލާބެއް ގެނެސް ޕީޕީއެމްގެ ރައީސްގެ ބާރު ކަނޑުވާލައި ޕީޕީއެމްގެ ރައީސްގެ އެ މަގާމުން ދުރުކޮށް، ޕީޕީއެމްގެ އާންމު މެމްބަރުންގެ ހައްގުތައް ނިގުޅައިގަތުމަށް ޕީޕީއެމްގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާތީ، އާންމު މެމްބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވުން އުފެދި އެ ޕާޓީ ތެރޭގައި ފެކްޝަން އުފެދިފައެވެ.
ޕީޕީއެމްގެ އޮފީސް ހިންގުން ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށަށް ގެންނެވެމުން ޕާޓީން ކުރާ އިއުލާންތަކަށް ތަބާނުވުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލަތަކާހުރެ މައުމޫން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ