ރައީސް މައުމޫން ބޭއްވި ކައުންސިލް ބައްދަލުވުން ސައްޚައެއް ނޫން: އަބްދުއްރަހީމް

ޕީޕީއެމްގައި އުފެދިފައިވާ ހިޔާލުތަފާތުތަކާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ތިއްބެވި ބޭފުޅުންނަކީ "އަސްލު ޕީޕީއެމް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރޭ ވިދާޅުވެފައެވެ.
އަދި އިއްޔެ މެންދުރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭއްވެވި ކައުންސިލް ބައްދަލުވުން އެއީ ސައްޙަ ބައްދަލުވުމެއް ނޫންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ރޭ ދަރުބާރުގޭގައި ބޭއްވެވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމް ކައުންސިލްގެ 70 ޕަސެންޓު ރައީސް ޔާމީނާއެކު މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް އަބްދުއްރާހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެބޭފުޅާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރާ މަސައްކަތްތަކަކީ ޕާޓީގެ ރަސްމީ މަސައްކަތްތަކެއް ނޫން ކަމަށާއި ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން ނުވަތަ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވެންދެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައިކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ