ރާއްޖެއާއި ހޮންކޮން މެޗް ހަވީރު ކުޅޭ ގޮތަށް ބަދަލުކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ހޮންކޮން މާލޭގައި ކުޅޭ މެޗް ހަވީރު ކުޅޭގޮތައް އެފްއޭއެމުން ބަދަލުކޮށްފި އެވެ.
އެފްއޭއެމްއިން ބުނީ، ކުރިން ރޭގަނޑު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗް މިހާރު ވަނީ ހަވީރަށް ބަދަލުކޮށްފައެވެ. މެޗު ފެށުމަށް މިހާރު ހަމަޖެހިފައިވަނީ، 15:50ގައެވެ. މިބަދަލު ގެނައީ ފީފާގެ އެދުމުގެ މަތީންކަމަށް އެފްއޭއެމްއިން ބުންޏެވެ.
ފިފާއިން މިގޮތަށް އެދިފައިވަނީ، މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ހޮންކޮން ޓީމުން ވަނީ މިމެޗް އެހެން ދަނޑެއްްގައި ކުޅުމަށްވެސް ފީފާގަ އެދިފައެވެ. ނަމަވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ސަލާމަތީ ކަންތަށްތައް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދީފައިވުމުން ފީފާއިން ވަނީ މެޗް އެހެން ސްޓޭޑިއަމްއަކަށް ބަދަލުނުކޮށް ރާއްޖޭގައި މެޗް ކުޅޭގޮތަށް ނިންމާފައެވެ.
ހޮންކޮންްއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.
މިފަހަރުގެ ކޮލިފައިންފައި ގަލޮޅު ދަނޑުގައި މިހާތަނަށް އަދިކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ގަތަރު އަތުން ރާއްޖެ 1-0 ލަނޑުން ބަލިވި މެޗެވެ. އަދި މިފަހަރުގެ ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. އެއީ 4-3 ލަނޑުން ނެވެ. ހޮންކޮންގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުން 2-0 ލަނޑުން ބަލިވެފައިވާއިރު ޗައިނާ އަތުން ބަލިވީ 3-0 ލަނޑުން ނެވެ. އަދި ގަތަރުގައި އެ ގައުމާ ދެކޮޅަށް ކުޅެ ބަލިވީ 4-0 ލަނޑުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ