ރާއްޖޭގެ އުތުރުގެ އަތޮޅުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އާދައިގެ ގޮތަކަށް މޫސުން ރަނގަޅު ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގައި ރާއްޖޭގެ ބޮޑު ބައެއްގެ މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އެންމެ އުތުރުގެ އަތޮޅުތައް ކަމަށްވާ ހއ. އަދި ހދ. ސަރަހައްދަށް، ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އެ ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު ފަސް މޭލާއި 13 މޭލުގެ ބާރު މިނުގައެވެ. އަދި އެހެން ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު އަށް މޭލާއި 18 މޭލުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ރީތިވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ