މިއަހަރު ހައްޖަށް މީހުން ގެންދަން ހަތަރު ޖަމާއަތަކުން ހުށަހެޅި ބިޑް އަލުން އިވެލުއޭޓްކުރަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލަ ހުށަހެޅި އަލްމަނާސިކް ހައްޖު އެންޑް އުމުރާ ގްރޫޕްގެ އިސްބޭފުޅަކު ވިދާޅުވީ އެ ގުރޫޕާއެކު ހަތަރު ގުރޫޕަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް ކޯޓުން ބަލައިގަތީ މަނާސިކުން ހުށަހެޅި މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއް ޖަމާއަތްތަކުގެ މައްސަލަ ބަލައި ނުގަތީ ލިޔުންތައް ފުރިހަމަ ނުވާތީ. އެ ޖަމާއަތްތަކުން ވެސް މައްސަލަ މިއަދު އަލުން ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.
ކޯޓާގެ މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ އަލްމަނާސިކް ހައްޖު އެންޑް އުމުރާ ގްރޫޕްގެ އިތުރުން ކްލެސިކް ހައްޖު ގްރޫޕާއި އަލް ފަތުހު ހައްޖު ގްރޫޕް އަދި އަލްސަފާ ހައްޖު ގްރޫޕުންނެވެ.
އެ ހަތަރު ޖަމާއަތުގެ ބިޑްތައް މިނިސްޓްރީން އިވެލުއޭޓް ނުކުރީ އެ ބިޑް ޕްރޮޕޯޒަލްތައް ހިފައިގެން އައީ އެ ޖަމާއަތުގެ މީހެއްކަން އަންގައިދޭ ލިޔުމެއް ނެތި ކަމަށްވާތީ އެވެ. ނަމަވެސް އޮޅުމަކުން އެ މިނިސްޓްރީން ފުރަތަމަ އެ ބިޑްތައް ބަލައިގަތެވެ. އެ ބިޑްތައް އިވެލުއޭޓް ނުކުރަން ނިންމިކަން އެންގީ އޭގެފަހުންނެވެ.
ހައްޖު ކޯޓާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ