އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވާނީ މިރޭ 11:00 ގަ އެވެ. ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ވެސް އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރުމުގެ މައްސަލަ އެކަނި ކަމަށްވެ އެވެ. އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން މަސައްކަތްކުރާއިރު، ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ އަބްދުﷲ ޗުއްޓީއެއް ނެންގެވުމުން ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މި މަހުގެ ނުވަވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ގާޒީ ގޭގައި މަޑުކުރަން ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ. މަހުލޫފުގެ ޓްވީޓްގައި ވަނީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި
ކަމަށް ބުނާ ސިޓީގެ ނަމްބަރު ކަމަށް ބުނާ ނަމްބަރެއް ވެސް ހިމަނައިފަ އެވެ.
އެކަމަކު އެ ސިޓީގެ ސައްހަކަން އެއްވެސް ފަރާތަކުން މިހާތަނަށް
ކަށަވަރުކޮށެއް ނުކޮށްދެ އެވެ.އަބްދުﷲ ގާޒީ ބަދަލުކުރަނީ ފެމިލީ ކޯޓަށް ކަމަށް އަޑު ފެތުރިފައިވާއިރު، އެ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން
މިހާރު އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ