އަޅުގަނޑުގެ ނިންމުން ހުކުރު ދުވަހުގެ ރޭ ހާމަކުރާނަން: އުމަރު

ސިޔާސީ ގޮތުން ނިންމަވާ ގޮތެއް އަންނަ ހުކުރު ދުވަހުގެ ރޭ ހާމަކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ރެލީއެއްގައި، އޭނާގެ ސިޔާސީ ވިސްނުން އެނގިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ކުރިއަށް ދާނެ މަގު އަޅުގަނޑުގެ ސަޕޯޓަރުންނަށް އަންގާނަން،" އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީއަށް ފަހު އުމަރާއި ޕީޕީއެމްގެ ލީޑަޝިޕާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. ޕްރައިމަރީގައި އުމަރުގެ ވާދަވެރިޔާ އަދި މިހާރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި އޭނާއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވަނީ ސުލޫކު ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި ސުލޫކު ކޮމިޓީން މިއަދު ބުނެފައިވަނީ އުމަރާ މެދު އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމާފައިވާ ކަމަށާއި ފިޔަވަޅު އަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ