ރައްޔިތުން އަަބަދުވެސް ޝަކުވާކުރަނީ ލިބެންހުރި ޚިދުމަތްތައް ފޯރުކޮށްނުދެވޭތީ- އެހެން ނުހަދާ: ހެލްތް މިނިސްޓަރ

ރައްޔިތުން އަބަދުވެސް ޝަކުވާކުރަމުން ގެންދަނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ދެވެން ހެރި ޚިދުމަތްތައް އޯގާތެރިކަމާއެކު ފުރިހަމައަށް ނުދެވޭތީ ކަމަށާއި ލިބެން ނެތް ޚިދުމަތެއް ހޯދަން ވެގެން ނޫން ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފ. އަތޮޅު ހޮސްޕިޓަލަށް އިތރުުކުރާ 4 ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ނާޒިމް އިއްޔެ ވިދާޅުވީ ޞިއްޙީ ޚިދުމަތަކީ އިންސާނުންގެ ފުރާނައާއި ގުޅިފައިވާ ޚިދުމަތަކަށްވުމުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މުވައްޒިފުން އަަބަދުވެސް ޚިދުމަތްދޭންޖެހޭނީ ކުލުނާއި ހިނިތުންވުމާއިއެކު ތިބެގެން ކަމަށެވެ.
ފ. އަތޮޅު ހޮސްޕިޓަލަކީ މިހާރުވެސް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ދެމުންގެންދާ އަދި ސްކޭން ކުރުމާއި އެކްސްރޭގެ ޚިދުމަތުގެ އިތުރުން ޢާންމު އޮޕަރޭޝަންތައް ކުރެވޭ ހޮސްޕިޓލެކެވެ.
4 ބުރީގެ އިމަރާތް ނިމުމުން ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ