ނިރުބަވެރި (ޓެރެރިޒަމް) މައްސަލައެއްގައި މިރޭ ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހީމް އާއި ދެކޮޅަށް ވީޑިއޯ އަކާއި ކޯލްތަކުގެ ތަފްސީލު ހޯދައިފިއެވެ.
އޭނާ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ، ސަރުކާރުވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ދިންކަމާއި، އަދި އިތުރު މެމްބަރުންތަކަކަށް ފައިސާ ދޭން އުޅޭކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
ނަޖުމާ އާއި ދެކޮޅަށް ހެއްކާއި ގަރީނާގެ ގޮތުގައި ވަނީ ވީޑިއޯ ފުޓޭޖަކާއި، ފޯންކޯލްތަކުގެ ތަފްސީލާއި ފޮޓޯ އާއި ހެއްކެއްގެ ހެކިބަހެވެ.
އެ ކޯޓު އަމުރުގެ ދަށުން ފުލުހުން މިއަދު ނަޖުމާ ދިރިއުޅޭ ގެއަށް ވަދެ އެގެ ބަލައި ފާސްކޮށްފައިވާއިރު، ރައީސް މައުމޫނާއި ގުޅުންހުރި ބައެއް އެހެން ގެތަކަށްވެސް ވަދެ ފާސްކޮށްފައި ވެއެވެ.
ނިރުބަވެރި މައްސަލައެއްގައި މިއަދު ނަޖުދާ ހައްޔަރުކުރިއިރު، ރައީސް މައުމޫންގެ ސެކިއުރިޓީ މުޙައްމަދު އަޒްމީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަޒްމީ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ވެސް ވަނީ އޭނާ ހައްޔަރުކުރަނީ ވެރިކަން ވައްޓާލަން ރައްޔިތުންގެ މަޖިލީގެ މެމްބަރުންނަށް ފައިސާ ދީފައިވާތީ އާއި އިތުރު މެމްބަރުންނަށް ފައިސާ ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އަދި އޭނާ މުޖުތަމަޢަށް ދޫކޮށްލާފައި ހުރުމުން ތަހުޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށާއި އެގޮތުން ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި މީހުނަށް ނުފޫޒު ފޯނުވުމުގެ އިތުރުން ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މައުމޫން އޮފީހުގެ މުވައްޒަފާއި ދެކޮޅަށްވެސް ވީޑިއޯ އަކާއި ކޯލްތަކުގެ ތަފްސީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ