ފުލުހުންގެ ބަންދުގައި ހުރި ފާރިސް މައުމޫން ދޫކޮށްލައިފިއެވެ.
ފާރިސްގެ ވަކީލް ހުސެއިން ޝަމީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ދޫނިދޫ ޖަލުން ފާރިސް ދޫކޮށްލުމުން ފާރިސް އާއި އެކު މިހާރު މާލެ އަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށެވެ.
ފާރިސް ދޫކޮށްލި ނަމަވެސް ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރު ކޮށްފައިވާ އިތުރު އެއްވެސް ބޭފުޅަކު ދޫކޮށްލި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. ފާރިސް އަކީ ސުޕްރީމް ކޯޓުގެ އަމުރު ގައި ދޫކޮށްލަން އަމުރުކޮށްފައިވާ ބޭފުޅުންގެ ތެރެއިން ޙުކުމެއް ތަންފީޒު ކުރަމުން ނުގެންދަވާ ހަމައެކަނި ބޭފުޅާއެވެ. ފާރިސް ބަންދުގައި ހުރީ ފުލުހުން އޭނާގެ މައްޗަށް ކުރައްވާ ރިޝްވަތުގެ ތުހުމަތަކަށެވެ.
(ތަފްސީލް އަންނަނީ)
ފާރިސް މައުމޫން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ