ކަރަންޓް ބިލް ދައްކާލެވޭ އެޕެއް ސްްޓެލްކޯއިން ތަޢާރަފް ކޮށްފި

ކަރަންޓު ބިލަށް އަރާވަރު ވަގުތުން ބަލާލެވޭ އަދި ބިލަށްފައިސާ ދައްކާލެވޭ މޮބައިލް އެޕްލިކޭޝަނެއް ސްޓެލްކޯއިން މިއަދު ތަޢާރަފްކޮށްފިއެވެ.
އެޕަލް އެޕް ސްޓޯރާއި އެންރޮއިޑް ޕްލޭ ސްޓޯރުން މިހާރު އެޕް ޑައުންލޯޑް ކުރެވެން ހުރި އިރު މި އެޕް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޗެއާމަން އަހުމަދު އައިމަން އެވެ.
މިއެޕްލިކޭޝަން ތަޢާރަފުވުމުން ބިލްދެއްކުމަށް ސްޓެލްކޯގައި އަދި ސްްޓެލްކޯގެ ބިލެއް ދައްކަން އެނޫންތަނެއްގައިވެސް ކިޔުގައި މަޑުކުރާކަށް ނުޖެހޭނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މިއަދު ތަޢާރަފް ކުރެވުނު އެޕް މެދުވެރިކޮށް ސްޓެލްކޯގެ ބިލަށް އަރާވަރު ވަގުތުން ބަލާލެވި އެކަސްޓަމަރަށް ފޯނުން އެ ބިލެއް ދައްކާލެވޭނެ ކަމަށެވެ.
ބިލް ދެއްކުމުގެ ހިދުމަތުގެ އިތުރުން ބިލަށް އަރާ ވަރާއި ކުރީ ބިލްތަކުގެ މައުލޫމާތު ތަކާއި ޓެރިފް ރޭޓްތަކުގެ މައުލޫމަތުވެސް އެޕުން ބަލާލެވެނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ