އެންމެ ފަހުގެ ޒަމާނީ އަންނައުނު ވިއްކުމުގައި މަޝްހޫރު "ރޮމްބަސް މޯލްޑިވިސް"ގެ ފިހަރާ ފަޅާލައި ފައިސާ އާއި ގަހަނާ ތަކެއް ވަގަށް ނަގައިފި އެވެ.
ރޮމްބަސްގެ ނަމުގައި މާލޭގައި ދެ ފިހާރަ ހުންނައިރު ރޭ ފަޅާ ލާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ ފިރިހެނުންގެ އަންނައުނާއި ގަހަނާގެ އިތުރުން ބޫޓާއި އައިނު ފަދަ ރީތިވާން ބޭނުން ކުރާ ސާމާނެވެ. ރޮމްބަސްގެ ދެ ވަނަ ފިހާރަ ހުންނަނީ އޯކިޑުމަގުގައެވެ. އެފިހާރައި ހުންނަނީ އަންހެން ކުދިންގެ ހެދުމާއި ގަހަނާގެ އިތުރުން ރީތި ވުމަށް ބޭނުން ކުރާ ޒާތުގެ ތަކެއްޗެވެ.
ރޮމްބަސް ފިހާރައިގެ ވެރިޔާ ބުނީ، ފިހާރާ ފަޅާލި ކަމަށް ބެލެވެނީ ރޭ ދަންވަރު 2:30 އެހާއިރު ކަމަށާއި އެކަން ކޮށްފައި ވަނީ ސައިކަލެއްގައި އައި ދެމީހަކު ކަމަށް ފިހާރައިގައި ހަރުކޮށްފައި ހުރި ސީސީ ޓީވީ ކެމެރާއިން ފެންނަން ހުރި ކަމަށެވެ. އަދި މިކަން ފުލުހުންނަށް ރިޕޯޓް ކުރުމުން އެސަރަހައްދަށް ފުލުހުން އައިސް ކަން ހިގާދިޔަ ގޮތުގެ ރިޕޯޓް މިހާރު ނަގާފައިވާ ކަމަށް ރޮމްބަސް ފިހާރައިގެ ވެރިޔާ ބުންޏެވެ.
މީގެ އިތުރުން ރޮމްބަސް ފިހާރައިގެ ވެރިޔާ ބުނީ، ފިހާރަ ތެރެއަށް ވަގު، ވަދެފައި ވަނީ ފިހާރައިގެ މައި ދޮރުގެ ތިރި ތަޅާލައިގެން ކަމަށެވެ. އަދި ފިހާރަތެރެއަށް ވަދެ، އެކި ވަރުގެ ގެއްލުންތައްވެސް ދީފައިވާއިރު، ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު މުޅިން ސާފު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅުމުން، ފޯނަށް ޖަވާބު ދެއްވާފައި ނުވާތި އިތުރު މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފަހަކަށް އިސް މާލޭގައި ވައްކަން ކުރުން އިތުރު ވެފައި ވާއިރު، މިކަން ކަމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދިނުމަށް ފުލުހުންގެ އިދާރާއިން ތަކުރާރުކޮށް އަންގަމުން ދެއެވެ.
"ރޮމްބަސް "ފިހާރަ ފަޅާލައި ފައިސާ އާއި ގަހަނާ ތަކެއް ވަގަށްނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ