އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އީސީގެ މެމްބަރުކަމުގެ މަގާމަށް ޝަރީފްގެ ނަން ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ ދިރާސާކޮށް ފާސްކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. ޝަރީފްގެ ނަން ފާސްކޮށްފައިވަނީ 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ. ނަން ފާސްވާނީ މަދުވެގެން 75 ޕަސެންޓު މާކްސް ލިބިގެންނެވެ.
ޝަރީފު އަކީ މީގެ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން މިހާރު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އަދި ރައީސް ކަމަށް އައްޔަން ކޮށްފައެވެ.
އީސީގެ މެމްބަރު ކަމަށް ޝަރީފު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ