އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުން ހައްޔަރުކުރި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް މިއަދު ދޫކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަލާހް ދޫކޮށްލީ، މާދަމާ ރޭ 9:00 އަށް ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކުރުމަށް ފަހު އެވެ.
ފަލާހްގެ އިތުރުން މާލެ ސިޓީ ކައުންސިލް މެމްބަރު އަޒްރާ މޫސާ ވެސް ރޭ ހައްޔަރުކުރި އެވެ. މުއްދަތު ޖެހުމަށް އޭނާ މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
އިދިކޮޅު އެއްވުމުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި އެވެ. ވަލީދާ އިއްޔެ މެންދުރު އަދި އަމީތާއި އަބުޅޯ އަދި ތޫބާ ވަނީ ރޭ ދޫކޮށްލައިފަ އެވެ.
މެމްބަރު ފަލާހް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ