އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
އައްޑޫގެ ގުޅިފައިވާ އަަވަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ކަރަންޓު ކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވީ ނަމަވެސް ގިނަ ހިސާބުތަކުގައި އަދިވެސް ކަރަންޓެއް ނެތެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގެ ބައެއް ޖަނެރޭޓަރުތައް މިވަގުތު ހުރީ ނިވާލާފައެވެ. އެހެން ނަމަވެސް، އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމެއް ނުވަތަ ލޯޑް މަތިވެގެން ކަމެއް ސާފެއް ނުވެއެވެ.
ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ