ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީ ޤާނޫނު ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.
ސުޕްރީމް ކޯޓުން ދެންމެ ކުރި ހުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަދި އެ ގާނޫނަކީ 43 މެމްބަރުން ތިބެގެން ފާސްކުރަންޖެހޭ ގާނޫނަކަށް ވިޔަސް ހާލަތަށް ބަލާއިރު 25 ޕަސެންޓް މެމްބަރުންނާއެކު އެ ގާނޫނު ފާސްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
"ޑޮކްޓޮރިން އޮފް ނެސަސިޓީ އަށް ބަލާއިރު އެންޓި ޑިފެކްޝަން ގާނޫނު 25 ޕަސެންޓް މެމްބަރުން ތިބެގެން ފާސްކުރެވޭނެ" ހަމައެކަނި ހުކުމުގެ ސަބަބުތަށް ފާހަގަކުރަން އެއް ގަޑިއިރުވި ހުކުމުގައި ވިދާޅުވެފައިވެއެވެ.
"ގާނޫނު ނަމްބަރު 2/2018 އެންޓި ޑިފެކްޝަން ގާނޫނަކީ ޝަފައީ ގޮތުންނާއި މައުޟީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ގާނޫނެއް ކަމަށް ނިންމާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްފިން" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ގާނޫނުތަކަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 1/2 (43 މެމްބަރުން) ތިބެގެން ވޯޓަށް އަހަންޖެހޭ ގާނޫނުތަކަކަށް ވީ ނަމަވެސް ހާލަތު ޟޫރާގެ ދަށުން ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 25 ޕަސެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން އެ ގާނޫނު ފާސްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
(ތަފްސީލް އަންނަނީ)
މެންބަރުން ގޮނޑި ގެއްލޭ ޤާނޫނު ބާތިލް ނުކުރަން ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ