ރަސްދޫ އިންޖީނުގެ ހިންގުމާ ސްޓެލްކޯއިން ހަވާލުވެއްޖެ

އއ. ރަސްދޫ ރައްޔިތުންނަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ރައްޔިތުންގެ އިންޖީނުގެ ހިންގުމާ ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.
މިއަދު މެންދުރު ފަހު 2:30 ގައި ސްޓެލްކޯއިން އިންޖީނުގެ ހިންގުމާ ހަވާލުވެފައި ވަނީ ރައްޔިތުން ބަލަހައްޓަމުން ދިޔަ އިންޖީނުގެއާ ޚިދުމަތް ދިނުމަށް ބޭނުންކުރި ތަކެތި ދެފަރާތް އެއްބަސްވި އަގަކަށް އެ ކުންުނިން ގަތުމަށް ފަހުކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި އިންޖީނުގެ އޮޕްރޭޝަންސް އާ ސްޓެލްކޯއިން ހަވާލުވީ ހިންގުމުގެ މުހިންމު ކަންކަން އެކުންފުނީގެ މިންގަނޑަށް ގެންދިއުމަށް ފަހުކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
އއ. އަތޮޅުގައި ތޮއްޑޫ ފިޔަވައި ހުރިހާ ރަށެއްގެ އިންޖީނުގެ މިހާރު ހިންގަމުން ގެންދަނީ ސްޓެލްކޯއިންނެވެ. ތޮއްޑޫގެ އިންޖީނުގެ ހިނަގަމުން ގެންދަނީ އެރަށުގެ ރައްޔިތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ