ވީބީ ހަސަނުގެ ފޯމު ބަލައިގަންނަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ދަރަނީގެ މައްސަލައެއް އޮތް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ފޯމު ބަލައިގަތުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ގާނޫނޫ އަސާސީގައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެމެ، ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.
މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ހަސަނުގެ މައްސަލާގައި ވަކާލާތު ކުރެއްވީ ހަސަނުގެ ޅިޔަނު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ހަސަނަށް މަރުހަބާ ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހަސަން އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ