އިސްލާމިކް މިނިސްޓްރީއާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ދަރުސް ޕްރޮގްރާމެއް ބާއްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހދ. ނެއްލައިދޫ ކައުންސިލް ގުޅިގެން ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ޝެއިހް އިލްޔާސް ޖަމާލެވެ. މި ޕްރޮގްރާމްގައި ހެނދުނު ނެއްލައިދޫ ސުކޫލުގެ މުވައްޒަފުންނަށް ސުވާލާއި ޖަވާބު ސެޝަންއެއް ކުރިޔަށް ގެންދިޔައިރު މެންދުރު ނަމާދަށްފަހު މިސްކިތުގައި ދަރުސް ދިނުން އޮތެވެ. ރޯދައަށް ތައްޔާރުވާނެ ގޮތުގެ މައްޗަށް އަލި އަޅުވާލައްވައި ދެއްވި ދަރުހުގައި ރޯދަ ކުރު ކުރުމުގެ ގޮތުން ނިދުމާއި ކުޅިވަރަށް ހުސް ނުކޮށްލާ އަޅުކަންތަކުގައި މަސްޢޫލުވުން މުހިންމު ކަމުގެ މައްޗަށް އަލި އަޅުވައިލެއްވިއެވެ.
މިއީ އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖައްސަވާފައިވާ ދަރުސް ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ