"ސޫރިޔަވަންޝީ" އާއި "83" ސިނަމާތަކަށް އަންނަނީ

ބޮލީވުޑް ހަތް ފިލްމެއް ޑީޖިޓަލްކޮށް ރިލީޒްކުރާކަން އިއުލާން ކުރިތާ އެއް ދުވަސް ފަހުން މުމްބައިގެ އެންމެ ވަރުގަދަ ސިނަމާ ޗެއިން އިން ބޮޑު ދެ ފިލްމެއް ސިނަމާގައި އަޅުވަން ތައްޔާރުވަމުންދާކަން އިއުލާން ކޮށްފި އެވެ.
ސިނަމާގައި އެންމެ ކުރިން އަޅުވަން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަކްޝޭ ކުމާރު ބަތަލުބައި ކުޅާ ފިލްމު "ސޫރިޔަވަންޝީ" އާއި ޑައިރެކްޓަރު ކަބީރް ޚާންގެ ސްޕޯޓްސް ޑްރާމާ "83" އެވެ.
މި ދެ ފިލްމު ރިލީޒްކުރާ ވަކި ތާރީހެއް އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ސިނަމާ ޗެއިންގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުން ޕޯސްޓްކޮށްފައިވާ މެސެޖުތަކުގައި ބުނެފައިވާ ގޮތުގައި "ސޫރިޔަންވަންޝީ" ތައްޔާރު ވަނީ އިންޑިޔާގައި ފާހަގަ ކުރާ ދިވާލީ އާ ދިމާކޮށް ރިލީޒްކުރާށެވެ. ލަފާ ކުރެވެނި އެ ދުވަސްވަރު ވާނީ އަންނަ ނޮވެމްބަރު މެދެއްހާ ހިސާބު ކަމަށެވެ.
ކަބީރް ހާންގެ "83" ރިލީޒްކުރަން ގަސްތުކުރަނީ ޑިސެމްބަރު ނިމޭ ހިސާބުގަ އެވެ. މި ފިލްމަކީ އިންޑިޔާގެ ކްރިކެޓް ލެޖެންޑް ކަޕިވް ދޭވްގެ ބައޮޕިކް އެކެވެ. މި ފިލްމުގައި ދައްކުވައިދޭނީ 1983 ގައި އިންޑިޔާއިން ކްރިކެޓް ވޯލްޑްކަޕް ހޯދި ގޮތާއި އެކަމަށް މަގުފަހި ވެގެން ދިޔަ ގޮތް ތަކެވެ.
އަނެއްކޮޅުން "ސޫރިޔަވަންޝީ" އަކީ ކޮޕް ޑްރާމާ އެކެވެ. މިއީ ޑައިރެކްޓަރު ރޯހިތުގެ ގިނަ ފިލްމުތަކުގައި ވަރަށް ޚާއްސަކަމެއް ދީފައި އޮންނަ މައުލޫއެކެވެ.
"ސޫރިޔަވަންޝީ"ގައި އަކްޝޭ އާއެކު ބަތަލާގެ ބައި އަދާކުރަނީ ކެޓުރީނާ ކައިފް އެވެ. "83"ގެ ތަރިންނަކީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އެވެ. ކަޕިލް ދޭވްގެ ރޯލު ރަންވީރު އަދާކުރާއިރު ދީޕިކާ ކުޅެނީ ކަޕިލްގެ އަންހެނުންގެ ރޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ