ކޮވިޑް-19: އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ރާއްޖެ އިން މިއަދު އިތުރު 143 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ރާއްޖެ އިން މިހާތަނަށް 5366 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 2884 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 2461 މީހުން އެބަތިއްބެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ދިހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެ އަށް އަލުން ކޮވިޑް-19 އައިސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތެއް ނޫން ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ފުރަބަންދަށް ލުއިތައް ދިނީ ރާއްޖެ އިން ބަލި ނެގިގެން ދިއުމުން ނޫން ކަމަށާއި މިހާރު ކުރެވެން އޮތް ކަމަކީ ބައްޔާއި އެކު ދިރިއުޅުން ކަމަށެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާ ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ