މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު ވަރަށް އަވަހަށް ގެޒެޓުގައި ޝާއިއު ކުރާނެ: މިނިސްޓަރ އުމަރު ނަސީރު

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ވެރައިޓީ ޝޯ “ހޭޔަންބޯ”ގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ “މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް އެޓާނީ ޖެނަރަލްގެ އޮފީހުން ކުރަމުންދާ ކަމަށާާއި އެ ގަވާއިދު ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާނެ” ކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.ހޯމް މިނިސްޓަރު އުމަރު ނަސީރު އިތުރަށް ވިދާޅުވީ “މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަމުރު ކުރީ ރައީސް ޔާމިނާ މަޝްވަރާ ކުރެއްވުމަށްފަހުގައި”ކަމަށެވެ.ހޭޔަންބޯގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ބޮޑަށް ވާހަކަ ދެއްކެވީ “އަންބާރާ” އާއި ބެހޭ ގޮތުންނެވެ. އެބޭފުޅާ ވިދާޅުވީ “ކޮންމެ މީހަކަށް ވެސް ދަތުރުގޮސް ލަވަ ޖަހައި ޕާޓީ ކުރެވިދާނެ ކަމަށާއި ނަމަވެސް ޑީޖޭ ބާއްވައި މަސްތުވާތަކެތި ބޭނުންކޮށް “އަންބަރާ” ކުރާނަމަ ފުލުހުން އެފަދަ ތަންތަނަށް ވަދެ އެކަން ހުއްޓުވާނެ”ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ