ހުޅުމާލޭގެ އަތިރިމައްޗާ ކައިރިން 17 ގޯއްޗެއް ބީލަމަށް ލާ ގޮތަށް ނިންމައިފި

ހުޅުމާލޭގެ އަތިރިމައްޗާ ކައިރިން 17 ގޯއްޗެއް ބީލަން އުސޫލުން ވިއްކާ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ބުރާސްފަތި ދުވަހު ވިދާޅުވީ ރެސިޑެންޝަލް ނެއިބާ ހުޑް ތިނެއްގެ ސަރަހައްދުން ބީލަމަށް ލުމަށް ހަމަޖެހިފައިވާ ގޯތިތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ.
"އެ ސަރަހައްދުން މިވަގުތު ދެވެން އޮތް މިންވަރަށް މި ފަހަރު ބީލަމަށް ލަނީ. އަދި ކުރީ ފަހަރަށް ވުރެ މި ފަހަރު ބީލަން ފެށޭ އަގު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ. "ކުރީ ފަހަރު ބީލަން ފެށިފައި ވަނީ އަކަފޫޓަކަށް 600ރ. ގެ މަގުން. ނަމަވެސް ބައެއް ގޯތިތަކަށް ހުރި އަކަފޫޓަކަށް 1،500ރ. ހުށަހަޅާފައިވޭ."
ސުހައިލް ވިދާޅުވީ އަތިރިމައްޗާ ކައިރިން ވިއްކުމަށް ހަމަޖެހިފައި ވަނީ 1،500 އަކަފުޓާއި 2،000 އަކަފޫޓާ ދެމެދުގެ ގޯތިތައް ކަމަށެވެ.
ހިއްކައިގެން މީހުން އާބާދުކުރާ ރަށުގައި މިދިޔަ އަހަރު އިމާރާތްކުރި 500 ފްލެޓްގެ ތެރެއިން 488 ފްލެޓް ވަނީ އާއްމުނަށް ދޫކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ