މި ސަރުކާރުން ވަޒީފާ ދިނުމުގައި އިސްކަންދޭ ތަރުތީބު ޑރ.ޝަހީދު ހާމަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަޒީފާ ލިބޭ ގޮތްތައް އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްޞަ ރެޕޯޓާގެ މަޤާމުގައި މިހާރު ހުންނެވި ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވެދެއްވައިފިއެވެ. ދިވެހިންނަށް ވަޒީފާ ނުދީ ބިދޭސީ ފަރާތްތަކަށް މުހިއްމު ބޮޑެތި މަސްއޫލިއްޔަތުތައް އުފުލާ ވަޒީފާތައް ދޭ ދިނުމާ ގުޅިގެން މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުން ސަރުކާރުން ވަޒީފާ ދިނުމުގައި ޝޯޓު ލިސްޓުކުރުމުގައި ބަލާ ހަތް ކަމެއް ޑރ.ޝަހީދު ތަފްސީލުކޮށްދެއްވާފައިވެއެވެ. ޑރ.ޝަހީދަކީ ރައީސް ޔާމީނާ ދެކޮޅަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން ރާއްޖެއިން ބޭރުގައި ކުރި ގިނަ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރެއްވި އެމްޑީޕީގެ މެންބަރެކެވެ. Vazeefaa ah shortlist kurevey tharutheeb:1.Veringe aailaa membarun 2. Verinnah vakkan kohdheyne meehun 3. party activistun 4. verinnaai eku kushuge vesheege ulhefaivaa meesmeehun 5. Majlis membarunge gaaiy meesmeehun 6. Vilaathuge meehun 7. Verinnaa eku ehdhaan kuraa meesmeehun.— Ahmed Shaheed (@ahmedshaheed) December 25, 2020ރައީސް މައުމޫނުގެ ވެރިކަމުގައާއި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ރާއްޖޭގެ ޚާރިޖީވަޒީރުކަން ކުރެއްވި ޑރ.ޝަހީދު ވިދާޅުވި ގޮތުގައި ސަރުކާރުން ވަޒީފާ ދިނުމުގައި ޝޯޓު ލިސްޓުކުރުމުގައި ބަލާ ތަރުތީބުގެ ފުރަތަމަ ކަމަކީ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ޢާއިލީ ބޭފުޅަކަށްވުމެވެ. މި ސަރުކާރުގެ އިސް ސަފުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޢާއިލީ ބޭފުޅުން ގިނަ ކަމަކީ އިދިކޮޅު ފަރާތްތަކުން އަދި އާންމުންވެސް ފާހަގަކުރާ ކަމެކެވެ. ޝަހީދުގެ ލިސްޓުގެ ދެވަނާގައި ހިމަނުއްވާފައިވަނީ ސަރުކާރުގެ ވެރިންނަށް ވައްކަން ކުރުމުގައި އެހީތެރިވެ މަދަދުވެރިވާނެ މީހުންނެވެ. ތިންވަނާގައި ހިމެނުއްވީ ޕާޓީގެ އެކްޓިވިސްޓުންނެވެ. އަދި 4 ވަނާގައި ހިމެނުއްވީ ވެރިންނާ އެކު ކުށުގެ ވެށީގައި އުޅެފައިވާ މީސްމީހުންނެވެ. ޝަހީދު ފަސްވަނާގައި ހިމަނުއްވާފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުންނާ ގާތް މީސްމީހުންނެވެ. އަދި ހަވަނާގައި ހިމަނުއްވާފައިވަނީ ވިލާތުގެ މީހުންނެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރު ކުންފުނިތަކާއި ފަންޑުތަކުގެ އިސް މަޤާމުތަކަށް ވިލާތުގެ މީހުން އައްޔަންކޮށްފައިވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ކަމެކެވެ. އަދި އެންމެ ފަހު ބައެއްގެ ގޮތުގައި ޝަހީދު ހިމަނުއްވާފައިވަނީ ވެރިންނާއެކު އެއްދާންކުރާ މީސްމީހުންނެވެ. މި ސަރުކާރުގައި ވަޒީރުންގެ އަނބިންނާއި އެ ނޫންވެސް ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަނބިންނަށް މަޤާމުތައް ދީފައިވެއެވެ. ކުރީ ސަރުކާރުތަކަށްވުރެ ސިޔާސީ މަޤާމުތައް މަދުކުރައްވާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތުނަ 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ