ރާއްޖެ އައިއެލްއޯގައި ބައިވެރިވުމުގެ މައްސަލާގައި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓު ތަޅުމަށް ފޮނުވަނީ

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން(އައިއެލްއޯ)ގެ އަސާސީ 8 މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ މެދު އިޤްތިޞާދީ ކަންކަމާއި ބެހޭ ކޮމިޓީގެ ސަބްކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މިއަހަރުގެ 16 ވަނަ ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައިވަނީ އެމައްސަލަ އަނެއްކާ ވެސް ސަބްކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސަބްކޮމިޓީގެ މުގައްރިރު މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މިއަދު ވިދާޅުވީ ސަބްކޮމިޓީން މީގެ ކުރިން ވެސް އެމައްސަލަ ތަޅުމަށް ފޮނުވުމުގެ ކުރިން މެމްބަރުންނަށް ތަފްސީލީ މައުލޫމާތު އެރުވުމަށް ލަފާދީފައިވާނެ ކަމަށާއި މަޖިލީހަށް ފޮނުވުމުގެ ކުރިން އެކަން ކުރާނެ ކަމަށެވެ.
އިބްރާހީމު ރަޝީދު ވިދާޅުވީ އައިއެލްއޯގެ އަސާސީ 8 މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ހައްގުތައް މިހާރަށް ވުރެ ބޮޑަށް ރައްކާތެރި ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ