ސަރުކާރަށް ފާޑު ކިޔާ ބައެއް ނޫށްތައް ބަންދުކުރުމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.މިގޮތުން ރޭ ކުރެއްވި ޓުވީޓެއްގައި ނިހާދު ވަނީ ވަގުތު ނޫސް، ޗެނަލް13، އަދި ދިޔަރެސް ނޫސް ބަންދުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. "ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޗެނަލް13، ދިޔަރެސް، ވަގުތު ނޫސް ފަދަ ފަސާދަކޮށް އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ފަރާތްތައް ބަންދުކުރަން ޖެހޭ" ނިހާދު ވިދާޅުވިއެވެ.ނިހާދު މިހެން ވިދާޅުވި ނަމަވެސް މި ނޫސްތަކުން ޤައުމީ ސަލާމަތަށް ނުރައްކާކުރަން ކުރަނީ ކޮންކަމެއް ކަމަށް ނިހާދު ސާފުކޮށްދެއްވާފައިނުވެއެވެ.ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި ޓީވީ ސްޓޭޝަންތައް ބަންދުކުރުމަކީ އެހާފަސޭހައިން ކުރެވޭކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސަރުކާރަށް ފާޑުކިޔާ ބައެއް ނޫސްތައް ބަންދުކުރަން މެމްބަރު ނިހާދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ